ޚަބަރު
ބަންގްލަދޭޝްގެ ރައީސް ޝަހާބުއްދީން އިސްތިއުފާ ދެއްވައިފި
ސިއްޙީ ހާލުކޮޅު ހުރިގޮތުން މަސްއޫލިއްޔަތު އަދާކުރަން ދަތިވާތީ، ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާގެ އިސްތިއުފާގެ ސިޓީ އޭއެފްޕީއަށް ފެނިފައި ވާއިރު އޭއެފްޕީއަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

"އާދެ، އަޅުގަނޑު ވަނީ އިސްތިއުފާ ދީފައި،" 2028 ވަނަ އަހަރުގެ ނިޔަލަށް އޮތް ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދެއްވަން އުޅުއްވާ ކަމަށް ފެތުރެމުންދިޔަ އަޑުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ޝަހާބުއްދީން ވިދާޅުވި އެވެ.

ބަންގްލާދޭޝްގައި ރަމްޒީ މަގާމެއްގެ ގޮތުގައި އޮންނަ ރައީސްކަމުން އިސްތިއުފާ ދެއްވުމާ ބެހޭ ގޮތުން އޭނާ ތަފްސީލެއް ނުދެއްވި އެވެ.  


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު