ޚަބަރު
ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފި
ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް
މިދިޔަ އަހަރުގެ ޖޫން މަހުގެ ނުވަވަނަ ދުވަހު މެލޭޝިއާގައި ކުއްލި ގޮތަކަށް އަވަހާރަވި ދީނީ ޢިލްމުވެރިޔާ ޝައިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފި އެވެ.

ބަންގްލަދޭޝްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި މިސްކިތް ހުޅުއްވައިދެއްވީ ޝެއިޚް ފަރީދުގެ ދެ ދަރިކަލުން ކަމުގައިވާ ޢަބްދުﷲ ފަރީދު އަދި ޢަބްދުއްރަޙްމާން ފަރީދެވެ.

މި ރަސްމިއްޔާތުގައި ޚިދުމަތް ޖަމްޢިއްޔާގެ ޕާޓްނަރު އެންޖީއޯ (އަލް-މަނާހިލް ފައުންޑޭޝަން)ގެ އިސްބޭފުޅުންނާއި އެ ސަރަޙައްދުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

ޝައިޚް އިބްރާހިމް ފަރީދަކީ ދިވެހިރާއްޖޭގެ ދީނީ ދަޢުވަތުގެ މައިދާނުގައި ނުހަނު އިޚްލާޞްތެރި މަސައްކަތްތަކެއް ކުރެއްވި، ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ނަމުގައި ބިނާކުރެވޭ މި މިސްކިތްތަކަކީ އެމަނިކުފާނު ދިވެހި އުންމަތަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ޒިކުރާ ދެމެހެއްޓުމަށް ގޮތުން ކުރެވުނު މުހިންމު މަސައްކަތެކެވެ. ބަންގްލަދޭޝްގައި ބިނާކުރި މިސްކިތުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމަކީ ޝެއިޚްގެ ޢާއިލާއަށާއި އެމަނިކުފާނަށް ލޯބިކުރާ ހުރިހާ ދިވެހިންނަށް ލިބުނު ބޮޑު އުފަލެކެވެ. 

ޝައިޚް ފަރީދު ކުއްލި ގޮތަކަށް އަވަހާރަވީ މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ އެއާޕޯޓުގައެވެ. އެއާޕޯޓަށް ޝައިޚު ފަރީދު ވެއްޓިވަޑައިގަތުމާއެކު އަވަސް ފަރުވާދީފައިވެއެވެ. އެހެންނަމަވެސް، ކުޑައިރުކޮޅެއްތެރޭ ވަނީ އަވަހަރާވެފައެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު