ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ދިރާގުން ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ. މި އޮފާގެ ދަށުން ދިރާގުގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 6ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބޭނެ އެވެ.
މި ޑޭޓާ ހޯދުމަށް ދިރާގު އެޕް ނުވަތަ #225* މެދުވެރިކޮށް، މިއަދު ހަވީރު ހައެއްގެ ކުރިން އެކްޓިވޭޓް ކުރެވޭނެ އެވެ. މިއީ މިނިވަން ދުވަހުގެ ޗުއްޓީގައި އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކޮށް، މުއާމަލާތް ކުރުމުގައި ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ފަހިކޮށްދޭ ފުރުސަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ގޭގެ އިންޓަނެޓްގެ ހިދުމަތް އަޕްގްރޭޑް ކުރަން ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން ދިރާގުން ވަނީ ލިމިޓެއް ނެތް ފައިބާގެ ހާއްސަ އޮފާއެެއް ވެސް އިއުލާންކޮށްފަ އެވެ. މި މަހުގެ 31 ގެ ކުރިން ލިމިޓެއް ނެތް ފައިބާ ކަނެކްޝަނަކަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް، ރައުޓަރާއި ކަނެކްޝަން ހިލޭ ލިބޭނެ އެވެ. މީގެ ސަބަބުން އިތުރު ހަރަދަކާ ނުލައި، ހަލުވި އަދި އިތުބާރު ހުރި ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ކަސްޓަމަރުންނަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
އެ އޮފާގެ ދަށުން ލިމިޓެއް ނެތް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެލައިޑް އިންޝުއަރެންސްގެ 'ހޯމް ކޮންޓެންޓްސް ތަކަފުލް' ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. ގޭގައި ހުންނަ މުދަލުގެ ވިއްސަށް ވުރެ ގިނަ ބާވަތަކަށް، އެއް އަހަރު ދުވަހުގެ މުއްދަތަށް 150,000ރ. އާ ހަމައަށް އިންޝުއަރެންސް ކަވަރޭޖް މި ސްކީމްގެ ދަށުން ދޫކުރާނެ އެވެ.ދިރާގުން މަސައްކަތް ކުރަމުން އަންނަނީ ޒަމާނީ ޑިޖިޓަލް ހިދުމަތްތަކާއި އިތުބާރު ހުރި ކަނެކްޓިވިޓީ މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން މުއްސަނދިކޮށް، ކަސްޓަމަރުންނަށް ފައިދާހުރި އަދި އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމެވެ.