ޚަބަރު
ކުރީގެ މިނިސްޓަރު އާދަމް ނަސީރު މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ މުޝީރަކަށް
މި ސަރުކާރުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓަރަކަށް ކުރިން ހުންނެވި އާދަމް ނަސީރު އިބްރާހިމް، މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ މުޝީރަކަށް އައްޔަންކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އުފެއްދެވި ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީއަށް ފުރަތަމަ ވެސް އައްޔަންކުރެއްވި އާދަމް ނަސީރު މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރިލް މަހުގެ 14ގައި ކުއްލި ގޮތަކަށެވެ. އެ ދުވަހު އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް 10 މިނިސްޓަރުން އިސްތިއުފާ ދެއްވިއެވެ.

ރައީސް އޮފީހުން އޭރު ބުނީ މިނިސްޓަރުން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް މިއަދު ވިދާޅުވީ 'ދިވެހި ބަހާއި ގައުމިއްޔަތާ ބެހޭ ހާއްސަ މުޝީރު'ގެ މަގާމުގެ މަސައްކަތް އާދަމް ނަސީރު މިއަދު ރައީސް އޮފީހުގައި ފައްޓަވާފައިވާ ކަމަށާއި އޭނާ އެ މަގާމަށް އައްޔަންކުރެއްވީ މިނިސްޓަރު ފެންވަރުގައި ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު