ވިޔަފާރި
ސަބްސްކްރިޕްޝަން ފީތައް ދެއްކުމުގައި ލިމިޓެއް ނެތް: ބީއެމްއެލް
ބީއެމްްއެލްގެ ރުފިޔާ ކާޑުން ރާއްޖޭން ބޭރުގެ އީކޮމާސް ވެބްސައިޓްތަކަށް ފައިސާ ދެއްކޭ އަދަދު ލިމިޓްކޮށްފައި ވިޔަސް އޭގެ ތެރޭގައި،  އާންމުކޮށް ބޭނުންކުރާ ހިދުމަތްތަކުގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް ހިމަނާފައި ނުވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.  

ބީއެމްއެލުން ރޭ ބުނީ ސަބްސްކްރިޕްޝަން ޕޭމަންޓުތަކަކީ "ޑެއިލީ ފޮރިން ސްޕެންޑް" ލިމިޓުގައި ހިމެނޭކަމެއް ނޫން ކަމަށާއި، އެފަދަ ފައިސާ ދެއްކުން ބޭންކުން ހުއްޓުވާފައި ނުވާނެ ކަމަށެވެ. ނަމަވެސް ބައެއް މާޗަންޓުން އެ ޕޭމަންޓުތައް ރިޖެކްޓް ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ސަބްސްކްރިޕްޝަން ޕޭމަންޓެއް ޑިކްލައިންވާ ނަމަ، ބޭންކަށް ގުޅުމުން އެ މައްސަލައަށް ވަގުތުން ހައްލެއް ހޯދައިދޭނެކަމަށް ބީއެމްއެލުން ބުންޏެވެ.

އެކި ސަބަބުތަކާ ހެދި އެފަދަ ޕޭމަންޓުތައް ކެންސަލްވާ މައްސަލަތައް ވަރަށް ގާތުން ބަލަމުންދާކަމަށް ބީއެމްއެލުން ބުންޏެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު