
ހުތުބާގައި ބުނީ، މާތްﷲ އަށް އީމާންވުމާއި ހެޔޮ ކަންތަކަށް އަމުރު ކުރުމާއި މުންކަރާތްތައް ނަހީކުރުމަކީ ނުބައި ކަންކަމުން މުޖުތަމައު ސަލާމަތްކުރަން މަސައްކަތް ކުރުމަކީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.މިގޮތުން، ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމުގެ ޒިންމާއަކީ ﷲވެރިކަން ދެއްވި ބައެއްގެ އެންމެ އިސް ވާޖިބު ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.ރާއްޖޭގެ މިއަދުގެ އިޖުތިމާޢީ އަދި އަޚުލާޤީ ފޭރާމަށް ބަލާއިރު ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ޚުތުބާގައި ފާހަގަކުރިއެވެ. ވަކީން ހާއްސަކޮށް މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރު ރައްކާތެރިކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ހުތުބާގައި ބުންޏެވެ. މިފަދަ ނޭއްގާނީ ޢަމަލުތައް ހުއްޓުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ތިމާގެ އަމިއްލަ މުދަލާއި އަނބިދަރިންގެ ސަލާމަތަށްޓަކައި ކުރެވޭ މަސައްކަތެއްގެ ގޮތުގައި ސިފަކޮށްފައި ވެއެވެ."ރަށެއްގެ އަހުލުވެރީންނަކީ މާތް ﷲއަށް އީމާންވެ، އެކަލާނގެއަށް ކިޔަމަންތެރިވާ ބަޔަކަށްވެއްޖެ ނަމަ، އެކަލާނގެ އެ ބަޔަކަށް ތަނަވަސްކަމާއި ފުދުންތެރިކަން ދެއްވާނެ. މިއާ ޚިލާފަށް ޢަމަލުކުރާނަމަ އެ ބަޔަކު ހަލާކުކުރައްވައި ނެތިކުރެއްވުމަށް އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެން ވޭ." ހުކުރު ހުތުބާގައި ބުންޏެވެ.