ވިޔަފާރި
ބީއެމްއެލް އިން ސާފިން އެސޯސިއޭޝަންއާއެކު އެއްބަސްވުން އާކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން (އެމްއެސްއޭ)ގެ ޑިވެލޮޕްމެންޓް ޕާޓްނަރގެ ގޮތުގަ ވެފައިވާ އެއްބަސްވުން އާކޮށްފިއެވެ.

އެ ޕާޓްނާޝިޕްގެ ދަށުން ގައުމީ ޖޫނިއާ އަދި ސީނިއާ ސާފިން ޓީމުތަކުގެ ސްޕޮންސަރުގެ ގޮތުގައި ބޭންކުން ދޭ އެހީތެރިކަން ދަމަހައްޓާނެ އެވެ. އަދި ރާއްޖޭގެ ޒުވާން ރާޅާ އެޅުންތެރިންގެ ހުނަރު ކުރިއަރުވައި، ތަރައްގީ ކުރުމުގެ މަގްސަދުގައި ބާއްވާ އަހަރީ "ނޭޝަނަލް ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް" އަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.  

ބީއެމްއެލްއިން އެމްއެސްއޭ އާއެކު ފުރަތަމަ ޕާޓްނާޝިޕް ގާއިމްކުރީ 2022 ވަނަ އަހަރު އެވެ. އަދި 2024 ވަނަ އަހަރު އެއްބަސްވުމުގެ މުއްދަތު، އިތުރު ދެ އަހަރަށް އިތުރުކުރި އެވެ. 

ބީއެމްއެލުން އަންނަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާ އެކު ގާއިމުކުރާ ސްޓްރެޓީޖިކް ޕާޓްނާޝިޕްތަކުގެ ޒަރިއްޔާއިން، މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުން ކަމަށް އެ ބޭންކުން ބުންޏެވެ.

މީގެ އިތުރުން ބޭންކުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން "ސްޕޯޓްސް ސްކޮލާޝިޕް" ޕްރޮގްރާމެއް ވެސް ހިންގައެވެ. މި ސްކޮލާޝިޕް އެންމެ ފަހުން ލިބިފައިވަނީ ސާފިން ދާއިރާގެ އެތްލީޓަކަށެވެ. މި ސްކޮލާޝިޕްގެ ދަށުން، ބައިނަލްއަގުވާމީ ފެންވަރުގައި އިންޑޮނޭޝިއާ، ޖަޕާން އަދި ފިލިޕީންސްގައި މަތީ ފަންތީގެ ތަމްރީނުތައް ފުރިހަމަ ކުރާނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު