
އެއް އަހަރާއި ހަފުތާއެއްގެ މުއްދަތަށް ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ހޭދަކުރެއްވުމަށް ފަހު، ނަސްރީން އިސްތިއުފާ ދެއްވީ މިދިޔަ ހޮނިހިރު ދުވަހެވެ.އެނގިފައިވާ ގޮތުގައި، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ނަސްރީން ހަމަޖެއްސެވުމުން، އިއްޔެ މަސައްކަތަށް ވަނީ ނުކުމެވަޑައިގެންފަ އެވެ.ޔޫތު މިނިސްޓްރީގައި މިނިސްޓަރަކަށް އިބްރާހީމް ވަހީދު (އަޝްވާޑު) ގެ އިތުރުން މިނިސްޓަރު ފެންވަރުގައި އަޙްމަދު ނަރީޝް ވަނީ އައްޔަން ކުރައްވައިފައެވެ.ނަސްރީން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަށް އައްޔަނުކުރީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ސައީދު މިދިޔަ އަހަރުގެ ޑިސެމްބަރު 19ގައި އިސްތިއުފާދެއްވުމުންނެވެ.