ވިޔަފާރި
ވަކިވި މުވައްޒަފުންނަށް 4 މަހުގެ މުސާރަ ވާނީ ދީފައި: ފެނަކަ
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަފީފް
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔޫޓިލިޓީގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަންގެ ހަރަދުތައް ކުޑަކުރުމަށް މުވައްޒަފުން މަދުކުރަން ފެށި މަސައްކަތުގައި އަމިއްްލަަ އަށް ވަކިވާން ބޭނުންވެގެން އެދި ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފެނަކައިން މުވައްޒަފުން މަދުކުރުމުގެ ގޮތުން އަމިއްލައަށް ވަކިވުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެ ކުންފުނިން ބުނިގޮތުގައި މުވައްޒަފުން ދޫކޮށްލަން ޖެހުނު ހާލަތުގައި އުސޫލެއް އެކަށައަޅައި، އަމިއްލައަށް ވަކިވުމުގެ ފުރުސަތު ހުޅުވާލީ، މުވައްޒަފުން ޝަރަފުވެރިކަމާއެކު އިނާޔަތަކާ އެކީ ވަކިވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގަ އެވެ.

ފެނަކައިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ:

  • ހަަތަރު މަހުގެ މަހުގެ މުސާރައާ އެކީ ވަކިވާން ބޭނުން މުވައްޒަފުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ލިޔުމުން ހުށައެޅުމުން އެ މުވައްޒަފުން ވަޒީފާއިން ވަކި ކުރަން ނިންމީ، ކުންފުންޏާއި މުވައްޒަފާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމުގައި

  • އަދި އެ އެއްބަސްވުމާ އެއްގޮތަށް، އެ މުވައްޒަފުންގެ މުސާރައަށްވާ ހަތަރު މަހުގެ މުސާރަ ދޫކޮށްފައިވާ ކަމަށް


"ނަމަވެސް މިކަމާ ގުޅިގެން ފެނަކައިން މުވައްޒަފުންނަށް އޮޅުވާލާފައިވާ ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުންނާއި އާންމު ފަރާތްތަކުން މީޑިއާގެ އެކި ތަންތަނުގައި ފަތުރަމުން ގެންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ. ކުންފުނިން އެކަށައަޅާ އުސޫލާ ހިލާފަށް ނުވަތަ އެއްވެސް ފަރާތަކަށް ގެއްލުމެއް ވާގޮތަށް މި ކުންފުނިން އަމަލު ނުކުރާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަމެވެ،" ފެނަކައިގެ ބަޔާނުގައިވެ އެވެ.

އަމިއްލައަށް ވަކިވާން ހުޅުވައިލި ފުރުސަތުގައި، 97 މުވައްޒަފުން އެ ފުރުސަތުގެ ބޭނުންހިފަން އެދިފައިވާކަމަށް ފެނަކައިން މީގެކުރިން ބުނެފައިވެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު