ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ފެނަކަ އައްޑޫ އޮފީހުގެ ކުރީގެ ވެރިންނާ ގުޅޭ ޖިނާއީ ތަހުގީގު ފަށަނީ
އިސްމާއިލް ރިޒާ
28 ޖުލައި 2026 - 15:12
0
comments
Tweet
Telegram
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާގައި އައްޑޫ ފެނަކަ ބްރާންޗު ހިންގުމާ ހަވާލުވެ ތިބި ކުރީގެ ވެރިންނަށް ޖިނާއީ ތަހުހީގެއް ހިންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި 2021 އިން 2023 އަށް ހިންގި މި ޕްރޮޖެކްޓުތަކުގެ ހާއްސަ އޮޑިޓް ރިޕޯޓާ ގުޅިގެން މާލިއްޔަތު ކޮމިޓީން ތައްޔާރުކުރި ރިޕޯޓު ވަނީ ފާސްކޮށްފަ އެވެ.
މި ރިޕޯޓު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެންބަރުންގެ އިއްތިފާގުންނެވެ.
މާލިއްޔަތު ކޮމިޓީން ވަނީ، ފެނަކައިގެ އޮޑިޓް ރިޕޯޓު ދިރާސާ ކުރުމަށްފަހު، 20 ކަމެއް ކުރުމަށް އަންގާފަ އެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި މި ރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ވަނީ، 53 މެންބަރުންގެ ވޯޓާއެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެ އެވެ.
އެ ރިޕޯޓުގައި ކުރުމަށް އެންގި މުހިންމު ބައެއް ކަންކަމުގެ ތެރެއިން އެއް ކަމަކީ، ކުންފުނީގެ މުވައްޒަފުންގެ އާ އޮނިގަނޑެއް އެކުލަވާލުމެވެ. އެގޮތުން ބުނީ:
ކުންފުނީގެ ހުރިހާ ބްރާންޗްތަކަށާއި ކުރާ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރުމަށް ބޭނުންވާނެ މުވައްޒަފުންގެ އަދަދު ދެނެގަތުމަށް އެންގުމަށް
އަދި އެއާއެކު ކުންފުނީގެ އޮނިގަނޑެއް ކަނޑައެޅުމަށްފަހު، އެ އޮނިގަނޑާ އެއްގޮތަށް މުވައްޒަރުން ނެގުމުގައި އަމަލުކުރުމަށް އެންގުމަށް
އެގޮތުން ކަނޑައަޅާ މުވައްޒަފުންގެ އޮނިގަނޑުގެ ތަފްސީލު ކުރިއަށް އޮތް 30 ދުވަސް ތެރޭގައި މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުމަށް އެންގުމަށް
މީގެ އިތުރުންވެސް ކުންފުނީގެ މުވައްޒަފުން އަދި ޕްރޮކިއުމަންޓާ ގުޅޭ އެހެން ބައެއް ކަންކަންވެސް އިސްލާހު ކުރުމަށް ރިޕޯޓުގައި އަންގާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް މުހިންމު ކަންކަމަކީ:
މުވައްޒަފުންގެ ސިއްހަތާ ގުޅުންހުރި ކަންކަމާ ގުޅޭ މައްސަލަތައް ވީހާވެސް އަވަހަށް ހައްލު ކުރުމަށް
ކުންފުނިން ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ކޮލިޓީ ދެމެހެއްޓުމަށް ބޭނުންވާ ތަކެތި ހޯދުމުގައި ކޮލިޓީ ދަށް ނުވާ ގޮތަށް ރާވައިގެން ކުރިއަށް ގެންދިޔުމަށް
ކުންފުންޏަށް ހޯދާ މުދަލާއި ހިދުމަތް ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުންގެ އާއިލީ މަސްލަހަތު އެކުލެވޭ ވިޔަފާރިތަކުން ނުހޯދޭނެ ގޮތަށް ޕްރޮކިއުމަންޓް ޕޮލިސީ އިސްލާހު ކުރުމަށް އެންގުމަށް؛ އަދި އެ ޕޮލިސީ އެގޮތަށް އިސްލާހުކުރުމަށްފަހު، މިއަދުން ފެށިގެން45 ދުވަސް ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް އެނގުމަށް
މިހާރު އިސްލާހުކޮށް ނިންމާފައިވާ ކަމަށް ފެނަކައިން ބުނާ ޕްރޮކިއުމަންޓާ ގުޅޭ އެސްއޯޕީތައް ވެސް45 ދުވަސް ތެރޭ ކޮމިޓީއަށް ހުށަހެޅުމަށް
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފެނަކައަކީ އެންމެ ބޮޑެތި ހިޔާނާތުގެ އަމަލުތައް ހިންގާފައިވާ އަދި އެންމެ ހާލުގައި އޮތް އެއް ކުންފުންޏެވެ
Tweet
Telegram
ގުޅުންހުރި ލިޔުންތައް
10 ދުވަސް ކުރިން
0
ތިން މަސް ތެރޭ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރަން އަންގައިފި
14 ދުވަސް ކުރިން
0
އައްޑޫގެ ކަރަންޓު ޕްރޮޖެކްޓް އަންނަ އަހަރަށް ނިމޭނެ: އަފީފް
1 މަސް ކުރިން
0
ފެނަކަ އިން ވަކިވާން 97 މުވައްޒަފަކު އެދިއްޖެ
2 މަސް ކުރިން
0
8،000 ވަރަކަށް މުވައްޒަފުން އުޅޭ ފެނަކައިން ޕޭ ލީވާއި ނޯޕޭ ލީވް ދިނުން މަޑުޖައްސާލައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފެނަކަ އައްޑޫ އޮފީހުގެ ކުރީގެ ވެރިންނާ ގުޅޭ ޖިނާއީ ތަހުގީގު ފަށަނީ
3 ގަޑިއިރު ކުރިން
0
މަރާމާތުގެ ކުރިން އަމީނީމަގުގެ ސާވޭ ހަދައިފި
4 ގަޑިއިރު ކުރިން
0
އިތުރު ފާމަސިސްޓުން ތަމްރީންކުރަން މަޝްވަރާކޮށްފި
4 ގަޑިއިރު ކުރިން
0
މުވައްޒަފުން ވަކިކުރަނީ އިންތިހާބުން ބަލިވުމުން އަދަބެއްގެ ގޮތުގައި: ފިއްޓޭ
6 ގަޑިއިރު ކުރިން
0