
ޕީސީބީ އިން މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރަން އަންގައިފަ އެވެ.އަދި މިމަހު 13 ވަނަ ދުވަހު ކުންފުނިތަކަށް ފޮނުވި ސާކިއުލާއެއްގައި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެއަށް އަމަލުކޮށް ނިންމަން ވަނީ އަންގައިފައެވެ.އަދި އެ ނިންމުމާ މެދު ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށްޓަކައި ކުންފުނިތަކުގެ ސައިޒަށް އަންނަ ބަދަލުތައް ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ޕީސީބީއަށާއި ފިނޭންސް މިނިސްޓްރީއަށް ފޮނުވަމަށް ވެސް އެ ސާކިއުލަގައި ބުނެފައި ވެއެވެ.އެ ނިންމުމާ އެެއްގޮތަށް ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށް ޓަކައި، އެކްސެލް ޝީޓެއްގައި މައުލޫމާތު އަދާހަމަކޮށް، ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ފިނޭންސް މިނިސްޓްރީއާއި ޕީސީބީއަށް މެއިލް ކުރުމަށް އެ ބޯޑުން ވަނީ އަންގައިފައެވެ.އެ ސާކިއުލާގައި ވަނީ، ޕީސީބީން އަންގާ އެންގުންތަކަށް ސަރުކާރު ކުންފުނިތަކުން އަމަލުކުރުމަކީ ގާނޫނުން ލާޒިމުކުރާ ކަމެއްކަން ހަނދާންކޮށްދީފަ އެވެ.ޕީސީބީން އެ ސާކިއުލާ ނެރުނުއިރު، ބައެއް ސަރުކާރު ކުންފުނިތަކުން ވަނީ މުވައްޒަފުން އަމިއްލައަށް ވަކިވުމަށް ހިތްވަރު ދިނުމަށް ޕެޖޭކުތައް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި މުވައްޒަފުން ވަރަށް ގިނަ ފެނަކައިގެ އިތުރުން އެޗްޑީސީ ހިމެނެ އެވެ.