ޚަބަރު
ސިހުރު ހެދުމުގެ ތުހުމަތުގައި 63 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފި
ސިހުރު ހެދުމުގެ ތުހުމަތުގައި 63 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަަމުރުން އެނގުނު ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޭނާ ހައްޔަރުކުރަނީ މާފަންނު ހޮލިޑޭސްޓޭ ގެސްޓްހައުސްގެ ކޮޓަރިއަކުންނެވެ.

ފުލުހުން ބަލައި ފާސްކުރި ގެސްޓްހައުސް ކައިރިން ކޮޓަރިން މައްސަލައާ ގުޅުން ހުރި، ސިހުރު ހެދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ބައެއް ތަކެތި ފެނިފައިވާ ކަމަށް ބުންޏެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.

ސިހުރުގެ މައްސަލަތައް ތަހުގީގު ކުރުމަށް މީގެ ކުރިން ބައެއް މީހުން ހައްޔަރުކޮށްފައި ވެސްވެ އެވެ. ނަމަވެސް އެ މައްސަލަތައް ބެލުމަށް ބޭނުންވާ ގާނޫނުތަކާއި ވަސީލަތްތައް ނެތުމުގެ ދަތިކަން ތަހުގީގީ އިދާރާތަކަށް ވަނީ ފޯރައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު