ޚަބަރު
25 އަހަރަށް ފަހު ރިޓަޔާވާ ފުލުހުންނަށް، މަގާމުގައި ތިބި އިރު ލިބުނު ގޮތަށް ބޭސްފަރުވާ ދެނީ!
ފުލުހުންގެ ހިދުމަތުގައި 25 އަހަރު އުޅުމަށް ފަހު ރިޓަޔާކުރާ ފުލުހުންނަށް ވަޒީފާގައި ދެމިހުންނަ މުއްދަތުގައި ލިބޭ ގޮތަށް ހިލޭ ބޭސްފަރުވާގެ އިނާޔަތް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ. 

ފުލުހުންގެ 93 ވަނަ އަހަރީ ފާހަގަ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ސީޕީ ވިދާޅުވީ އެ ބަދަލާ އެކު ހިދުމަތުގައި 25 އަހަރު ހޭދަކުރުމަށް ފަހު ރިޓަޔާވާ ފުލުހުންނަށް، ފުލުހުންގެ ހިދުމަތުގައި ދެމިތިބޭ މީހުންނެކޭ އެއް އުސޫލުން ބޭސްފަރުވާގެ ކަންތައް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ ކަންކަން ހަރުދަނާކޮށް، އާ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދޭ ކަމަށާއި ފުލުހުން އެދޭފަދަ އުއްމީދީ ބަދަލުތައް އެ މުވައްސަސާގެ ހިންގުމަށާއި ހިދުމަތުގެ ކުރިއެރުމަށް މި ސަރުކާރުން ގެންނަމުން އަންނަ ކަމަށެވެ.

ފުލުހުން ހަރަކާތްތެރިވާނީ އެ ހިދުމަތަށް އާއްމުންގެ އިތުބާރާއި ޔަގީންކަން ލިބޭނެ ގޮތަށް ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.  ކޮމިޝަނަރު ދެކެވަޑައިގަންނަވާ ގޮތުގައި ފުލުހުންނަށް ކުރިއަށް އޮތީ އުއްމީދީ ދުވަސްތަކެކެވެ. 

ސަރުކާރުގެ ބޭސްފަރުވާ އިންޝުއަރެންސްގެ ނިޒާމު، އާސަންދައާ އެކު ފުލުހުންނާއި ސިފައިންނަށް ވަކި އިންޝައަރެންސްއެއް ކަނޑައަޅާފައިވެ އެވެ. އެ އިންޝުއަރެންސްގައި ފުލުހުންނާއި އެމީހުންގެ އާއިލާތަކަށް ހިލޭ ބޭސްފަރުވާގެ ހިދުމަތް ޕްރައިވެޓް ހޮސްޕިޓަލްތަކުން ވެސް ހޯދެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު