
މި ހިދުމަތަކީ އާންމުކޮށް ބޭނުންވާ ނާސިންގެ ފަރުވާތައް ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި ތައާރަފްކުރެވުނު ހިދުމަތެކެވެ.އެ ހިދުމަތް ފަށާފައި ވަނީ އެކަމަށް ހާއްސަކޮށްގެން އެ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމެވެ.ހުޅުމާލޭ ހޮސްޕިޓަލުން ބުނީ އައުޓްޕޭޝަންޓް ނާސިން ހިދުމަގަކީ އާންމުކޮށް ބޭނުންވާ ނާސިންގެ ފަރުވާތައް ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށް ދިނުމަށްޓަކައި ތައާރަފުކުރި ހިދުމަތެއް ކަމަށެވެ.އޭގެ ދަށުން ފޯރުކޮށް ދޭނެ ހިދުމަތްތަކަކީ:* އިންޖެކްޝަން ޖަހައިދިނުން