ޚަބަރު
30 އެނދާއެކު، އޮރެންޖު ހިޔާގައި ޑަޔަލިސިސް ސެންޓަރެއް ހުޅުވައިފި
ހުޅުމާލެ ހޮސްޕިޓަލަށް އިތުރުކުރި 30 އެނދުގެ ޑައިލިސިސް ސެންޓަރު މިއަދު ހުޅުވައިފި އެވެ.

އޮރެންޖު ހިޔާގައި ގާއިމްކޮށްފައިވާ ޑައިލިސިސް ސެންޓަރު ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ޑަޔަލިސިސްގެ ޚިދުމަތަކީ ކިޑްނީ ފެއިލްވެފައިވާ މީހުންނަށް އިޚުތިޔާރު އޮތް ކަމެއް ނޫނެވެ. އެ ބަލި ތަހަންމަލު ކުރާ މީހުންނަށް ދާއިމީ ގޮތެއްގައި ޑަޔަލިސިސްގެ ފަރުވާ ދޭން ޖެހޭއިރު، ފަރުވާ ނުލިބިއްޖެނަމަ ސިއްހީ އިތުރު މައްސަލަތަކާ ކުރިމަތިލާންޖެހެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ ދަށުން ހިންގާ މި ސެންޓަރުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ

އަލަށް އިތުރުކުރި ޖާގައާއެކު ދުވާލަކު 150 މީހުންނަށް ޑައިލިސިސް ހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޑްނީ ފެއިލްވެފައިވާ މީހުންނަށް އޮތް ވަގުތީ ފަރުވާއަކީ ޑައިލިސިސް ހެދުމެވެ. އެ މީހެއްގެ ހާލަތަށް ބަލައި ގިނަ މީހުން ހަފުތާއަކު ތިން ދުވަހު އެ ފަރުވާ ހޯދަން ހޯދަން ޖެހެ އެވެ.

އެ ޑައިލިސިސް ސެންޓަރު ހަދަން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހަވާލުކުރީ މެޑްޓެކް އަދި މެޑިކޮމްގެ ކުންފުންޏާ އެވެ. އެއިން ކޮންމެ ކުންފުންޏަކުން ގާއިމްކުރީ 15 އެނދެވެ.

ހަލީމް ވިދާޅުވީ އެ ސެންޓަރު ހަދާފައިވަނީ އިމަޖެންސީ ހާލަތުގައި ވެސް ފަރުވާ ދެވޭ ގޮތަށް ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު