ޚަބަރު
ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ހުއްޓޭތީ ހުށަހެޅި މައްސަލަ ނުބެލި!
ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތް ދިނުމަށް ދަތިތަކެއް ހުރި ކަމަށާއި އެ ހޮސްޕިޓަލުގެ ހިންގުން ހުއްޓުމަކަށް އައުމުގެ ބިރު އޮތް ކަމަށް ބުނެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ހުށަހެޅުއްވި ކުއްލި އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ. މައްސަލަ ބަލައިނުގަތުމަށް 37 މެންބަރުން ވޯޓުދެއްވި އެވެ.

އެއާއެކު ރިޔާސަތުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އިއްޔެ ވެސް ބައެއް ޚިދުމަތްތަކަށް ބުރޫ އެރިއެވެ. އަދި ޚިދުމަތްތައް އަލުން ފެށީ ގަޑިއިރެއް ފަހުންނެވެ.

މީގެ އިތުރުން ޖޫން 27، ގައި ކަރަންޓުގެ ކެނޑި އެ މައްސަލަ ހައްލުކޮށް އޯޕީޑީ އާންމު ހާލަތަށް ގެންނަން ހަ ގަޑިއިރު ނެގި ކަމަށާއި އިއްޔެ ވެސް ގަޑިއިރެއްހާ އިރަށް ހޮސްޕިޓަލުގެ ހިދުމަތަށް ބުރޫއެރި ކަން ވެސް ޝަމްހީދު ފާހަގަކުރެއްވި އެވެ. ޖޫން 27، ގައި ހިދުމަތް މެދުކެނޑި ބަލިމީހުން އެހެން ތަންތަނަށް ބަދަލުކުރަން ވެސް ޖެހުނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު