ޚަބަރު
މި ހަފްތާ ވެސް މަޖިލިސް ޖަލްސާތައް ނުބާއްވަން ނިންމައިފި
މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ބުނި ނަމަވެސް، ޖަލްސާތައް ދެން ފަށާނީ އަންނަ ހަފުތާގައި ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފިއެވެ.

މިހާރު މަޖިލީހުން ނިންމާފައި ވަނީ މި ހަފްތާގައި ވެސް އިތުރު ޖަލްސާއެއް ނުބޭއްވުމަށެވެ.

މި އަހަރުގެ ދެވަނަ ދައުރު ފެށީ، މިދިޔަ ހޯމަ ދުވަހު ކަމަށްވާއިރު، އެ ދުވަހުގެ ޖަލްސާއަށް ފަހު ހަފުތާއަކަށް މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާލައިފަ އެވެ. އެ ދުވަހުގެ ޖަލްސާ ނިންމަވައިލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މާދަމާ ކަމަށެވެ.

ނަމަވެސް މަޖިލީހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު އެވެ.

ފާހަގަކުރެވޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ދައުރުގައި ވެސް މަޖިލީހުގެ ޖަލްސާތައް ގަވައިދުން ބާއްވައިފައެއް ނުވެއެވެ. އަދި، ކޮމިޓީ ބައްދަލުވުންތައް ވެސް ގަވައިދުން ބާއްވާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު