ޚަބަރު
ޝިފާން ފުލުހުންގެ ތަރުޖަމާނުކަމުން ވަކިކޮށްފި
މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން ޝިފާން - ފައިލް ފޮޓޯ/ ދައުރު
ދިވެހި ފުލުހުންގެ އިސް ތަރުޖަމާނުގެ މަގާމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވަކިކޮށް، އެ މަގާމަށް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އަލީ އާރިފް މިއަދު ހަމަޖައްސައިފި އެވެ.

އެނގިފައިވާ ގޮތުގައި ޝިފާން އެ މަގާމުން ވަކިކޮށް, ފުލުހުންގެ އާ ތަރުޖަމާނަކަށް އައްޔަންކުރައްވާފައިވަނީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އާރިފެވެ. އާރިފަކީ މީގެ ކުރިން ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޝިފާން ތަރުޖަމާންގެ މަގާމުން ވަކިކޮށްފައި މިވަނީ އެ މަގާމުގައި އޭނާ ހުންނަވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

ޝިފާން ތަރުޖަމާނުކަމުން މިއަދު ވަކިކޮށްފައިވާއިރު، މިދިޔަ މަސް ތެރޭ ފުލުހުންގެ ކޮމިޝަނަރު ބިއުރޯގެ ވެރިޔާގެ މަގާމަށް އޭނާ ހަމަޖެއްސުމަށް ފަހު، މާ ގިނަ އިރުތަކެއް ނުވެ އެ މަގާމު ވަނީ އަތުލާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު