
އެ ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާއި، މާޅޮހު ކައުންސިލުގެ ރައީސް މުހައްމަދު ތޯރިގު އަބްދުއްރައްޒާގު އާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި މާޅޮހު ކައުންސިލު މެމްބަރުންނާއި ރައްޔިތުން ވެސް ބައިވެރިވި އެވެ.މާޅޮހު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައި މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓް 14 ގަ އެވެ. އެތަން އިމާރާތްކުރީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމްކުރުމަކީ، ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.