ޚަބަރު
ސަމާލު ؛ ބުކިން ޑޮޓްކޮމްގެ ނަމުގައި ސްކޭމް މެސެޖުތަކެއް!
ރިފަންޑެއް ދޭން ކަމަށް ބުނެ ބުކިން ޑޮޓްކޮމްގެ ނަމުގައި ސްކޭމެއް ހިންގާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އެދިއްޖެ އެވެ.

އެންޓި ސްކޭމް ސެންޓަރުން ބުނީ ބުކިން ޑޮޓްކޮމްގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލުމަށް އައު ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާ ކަމަށެވެ. އަދި އެ މެސެޖުތަކަކީ ރީފަންޑެއް ދޭންކަމަށް ބުނެ ކާޑުގެ މައުލޫމާތުތައް ވަގަށް ނެގުމަށް ސްކޭމަރުން ފޮނުވާ ފިޝިން ލިންކުތަކެއް ކަމަށް ބުންޏެވެ.

އެގޮތަށް ފޮނުވަމުންދާ މެސެޖުގައި ވަނީ ރިފަންޑުގެ ގޮތުގައި ދޭން ހަމަޖެހިފައިވާ ރުފިޔާ ރެޑީކުރެވިފައިވާ ކަމަށާއި އެ ފައިސާ ޓްރާންސްފާ ކުރުމަށް 24 ގަޑިއިރުގެ ތެރޭގައި ކާޑުގެ މައުލޫމާތު ހިއްސާކުރުމަށެވެ.

ފުލުހުން ވަނީ އަލަށް ފޮނުވަމުންދާ ސްކޭމު މެސެޖުގައިވާ ލިންކަށް ނުފިތުމަށާއި އޯޓީޕީއާއި ކާޑުގެ މައުލޫމާތު ހިއްސާނުކުރުމަށް އެދިފަ އެވެ. އަދި އެ މައުލޫމާތުގެ ސައްހަކަށް ކަށަވަރުކުރުމަށް ރަސްމީ އެޕްލިކޭޝަން ނުވަތަ ވެބްސައިޓް މެދުވެރިކޮށް ޗެކްކުރުމަށްވެސް ފުލުހުން އެދިފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު