މިދިޔަ ހަފުތާގައި ވެސް ރާއްޖޭން އިތުރު ދެ މީހަކު ހިމަބިއްސަށް (މީސްލްސް) ފައްސިވެފައިވާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ ދެ ހަފްތާގައި ހިމަބިހީގެ ދެ ވޭދަނަ ފެނި ހިމަބިހީގެ ޖުމްލަ އަދަދު 11 އަށް އަރާފައިވާ ކަމަށެވެ.ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހިގެ ވޭދަނަތަކެއް އުޅޭކަން ފާހަގަ ކުރެވިގެން ކަމާގުޅޭ އިދާރާތަކުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ.އެޗްޕީއޭ އިން އިރުޝާދު ދެނީ ހުން އައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފި ނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށެވެ.ހިމަބިހީގައި، އާއްމު ބަލިތަކުގައި ވެސް ފެންނަ އަލާމާތްތައް ހުއްޓަސް، އެ ހާލަތު ސީރިއަސްވެ، މީހާގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮވެ އެވެ. އޭގެ ތެރޭގައި ނިއުމޯނިޔާ ޖެހުމާއި ލޮލުގެ ފެނުމަށް އަސަރުކުރުން ހިމެނެ އެވެ.
މި ދުވަސްވަރު ދުނިޔޭގެ އެކި ކަންކޮޅުތަކާއި އަވަށްޓެރި ގައުމުތަކުގައި ވެސް އެ ބަލި ފެތުރޭ މިންވަރު އިތުރުވެފައިވެ އެވެ.އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސްވަރު ހިމަބިހި ފެތުރެމުންދާތީ، އެ ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހިމެނޭ ހުން އައުމާ އެކު ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭން ވަނީ އިލްތިމާސްކޮށްފަ އެވެ.