ޚަބަރު
ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް އަދި ކުޑަ: އެޗްޕީއޭ
ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް މިވަގުތު ކުޑަ ނަމަވެސް، ހާލަތު މޮނީޓާކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ. 


އިންޑިއާގެ ވެސްޓް ބެންގޯލަކީ ދިވެހިން އާންމުކޮށް ދަތުރުކުރާ ސަރަހައްދަކަށް ވެފައި އިންޑިއާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރާތީއާ އެކު، އެޗްޕީއޭން ވަނީ ބަޔާނެއް ނެރެފަ އެވެ.

ވެސްޓް ބެންގޯލްއިން ނިޕާ ވައިރަހަށް މި މަހު ޕޮޒިޓިވްވި ތިން މީހުންނާ ކޮންޓެކްޓްވި 180 އަށް ވުރެ ގިނަ މީހުން ދެނެގަނެ އެ އެންމެން ވެސް ކަރަންޓީނު ކޮށްފައިވާ ކަން އެޗްޕީއޭއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެޗްޕީއޭއިން ބުނީ، ވެސްޓް ބެންގާލްއިން ނިޕާ ވައިރަހަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓުވި 180އަށް ވުރެ ގިނަ މީހުން ދެނެގަނެވި އެ މީހުން މިހާރު ކަރަންޓުކޮށްފައިވާ ކަމަށެވެ. އަދި ކަރަންޓީނު ކޮށްފައިވާ މީހުންގެ ހާލަތު ދަނީ އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަރަށް ގާތުން ބަލަމުން ކަމަށް އެ އިދާރާއިން ބުންޏެވެ.

މީގެ އިތުރުން ބަލި ޖެހިގެން އިތުރު ކޭސްއެއް މިއަދާ ހަމައަށް ފެނިފައިނުވާއިރު، މި ކޭސްތަކާ ގުޅިގެން އިންޑިއާގެ އިތުރު އެހެން އެއްވެސް ސަރަހައްދަކުން އަދި އެހެން ގައުމަކުން އެ ބަލި ފެނިފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައި ނުވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ ކަރަންޓީނުކޮށްފައިވާ މީހުންގެ ހާލަތު އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އަދި އެ ބަލި ޖެހިފައިވާ އިތުރު މީހެއް މިހާތަނަށް ފެނިފައިވާ ނުވާ ކަމަށެވެ. އަދި މި ކޭސްތަކާ ގުޅިގެން އިންޑިއާގެ އިތުރު އެހެން އެއްވެސް ސަރަހައްދަކުން އަދި އެހެން ގައުމަކުން ވެސް އެ ބަލި ފެނިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް އެ އެޖެންސީން ބުންޏެވެ. 

ނިޕާ ވައިރަހަކީ ޓެރަޕޯސް އާއިލާގެ ވާލުންނާއި އޫރުން އިންސާނުންނަށް ފެތުރޭ ބައްޔެކެވެ. މި ބާވަތުގެ ވާ ކައިފައިޗާ މޭވާ ނުވަތަ ވާލުގެ ކުޅު ނުވަތަ ކުޑަކަމުދާ އެއްޗެހި ޖެހިފައިވާ މޭވާއާއި ތަރުކާރީ ފަދަ ތަކެތި ބޭނުން ކުރުމުން އިންސާނުންނަށް ބަލި ފެތުރެއެވެ. އަދި ބަލި ޖެހިފައިވާ މީހުންނާ ގާތްކޮށް އުޅޭ ފަރާތްތަކަށް ވެސް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ.

ބަލި ޖެހޭ މީހުންގެ ފަރާތުން އާންމުކޮށް ފެންނަ އާންމު އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، ކެއްސުން، ކަރުގައި ރިއްސުން އަދި ނޭވާލާބް އުނދަގޫވުން ހިމެނެއެވެ. މީގެ އިތުރު ބަލި ބޮޑުވަމުންދާ ވަރކަށް ބައެެއް މީހުންގެ ސިކުނޑިއަށް އަސަރުކޮށް، ވާނުވާ ނޭނގުން، ނުވަތަ ފިޓު ޖެހުން ހިމެނެއެވެ. އެ ބަލި ޖެހޭ ބައެއް މީހުންނަށް އެއްވެސް އަލާމާތެއް ނުފެނި ވެސް ހިނގައިދާނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު