
ސ. ފޭދޫ ނާޒުކީގެ، ޝަމްހޫޒާ ވަކިކޮށްލީ މިއަދުގެ ވަގުތެއްގައެވެ. ޕްރައިވަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނި ގޮތުގައި އޭނާ ވަނީ ބޯޑުން ވަކިކޮށްފި އެވެ.ނަމަވެސް އެއީ ކޮން ސަބަބަކާ ހުރެ ކަމެއް ޕީސީބީން ނުބުނެ އެވެ.ޝަމްހޫޒާ އެމްޑަބްލިއުއެސްސީގެ ޗެއާމަންގެ މަގާމަށް އައްޔަންކުރީ 26 ޑިސެމްބަރު 2023ގަ އެވެ.ޝަމްހޫޒާ މަޤާމުން ވަކިކޮށްފައިވާއިރު ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އެކި ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން އަންނަނީ، ބަދަލުތައް ގެންނަވަމުންނެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހުގެ 12ވަނަ ދުވަހު އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން އަބްދުލްމަތީން މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަޤާމަށް މިހާރު ވަނީ ހުސެއިން ފަހުމީ އައްޔަން ކުރައްވާފަ އެވެ.