
މި ފަހުމުނާމާގެ ދަށުން އެމްޑަބްލިއުއެސްސީން ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި މާސްޓާސް ޑިގްރީ ފެންވަރަށް ކިޔެވުމަށް ޚާއްސަ ސްކޮލާޝިޕެއް ސްޕޮންސާކޮށްފަ އެވެ. މި ސްކޮލާޝިޕްގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް ބޭނުންވާ ހުނަރުވެރި ފަންނީ މީހުން ބިނާކުރުމާއި، ގައުމީ ފެންވަރުގައި ތައުލީމީ ނިޒާމު ކުރިއެރުވުމަށް އެއްބާރުލުން ދިނުން ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ