ވިޔަފާރި
މިފްކޯ އިން ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު މަތިކޮށްފި
މިފްކޯގެ ބޯޓަކުން މަސްކިރުވުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/ ދައުރު
ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ކަޅުބިލަ މަސް ގަންނަ އަގު 18.50ރ. އަށް މިއަދު މަތިކޮށްފި އެވެ. 

މިބަދަލާ އެކު މިއަދުން ފެށިގެން މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ބޯޓުތަކުން މިއަދުން ފެށިގެން ކަޅުބިލަ މަސް ކިލޯއެއް 18.50 ރުފިޔާއަށް ގަންނަން ވަނީ ނިންމާފަ އެވެ.

މިފްކޯއިން ވަނީ މިދިޔަ އަހަރުވެސް ފަހުކޮޅު 18.50 ރުފިޔާއަށް ކަޅުބިލަ މަސް ގަނެފައެވެ. އެކަމަކު އިރާނާއި އެމެރިކާ ހަނގުރާމަ ފެށުމާ ގުޅިގެން ތެލުގެ އަގުބޮޑުވެ، މިފްކޯގެ އޮޕަރޭޝަނަށް ނޭދެވޭ އަސަރުކުރުމާ ގުޅިގެން މަސް ގަަންނަ އަގު މިއަހަރުގެ ތެރޭގައި ދަށްކުރިއެވެ. އެ ބަދަލާއެކު އިއްޔެއާ ހަމައަށް ކަޅުބިލަ މަސް ކިލޯއެއް މިފްކޯއިން ގަންނަމުން އައީ 17 ރުފިޔާ އަށެވެ.

މިފްކޯއިން ކަޅުބިލަ މަސް ގަންނަ އަގު ބޮޑުކުރި ނަމަވެސް ކަންނެލި ގަންނަ އަގަށް ބަދަލު ގެނެސްފައެއް ނުވެ އެވެ. އެގޮތުން 10-15 ކިލޯގެ ކަންނެލި ކިލޯއެއް 20 ރުފިޔާއަށް އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާ އަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު