ޚަބަރު
ޖުލައި މަހު މަސްވެރިންނަށް 49.7 މިލިއަން ރުފިޔާ ދޫކޮށްފި
މިފްކޯގެ ބޯޓަކަށް މަސް ކިރަނީ - ފޮޓޯ: ދައުރު
މިދިޔަ މަހު މަސްވެރިންނަށް 49.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މުއްދަތުގައި މިފްކޯއަށް މަސްކިރުވި ދޯނިތަކުގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ.

މިފްކޯއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު 822 ދޯނިން ޖުމްލަ 2،474.8 ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވާފައިވެ އެވެ.

އެ ގޮތުން މިދިޔަ ޖުލައި މަހު މިފްކޯއަށް ކިރުވި 2،400.4 ޓަނުގެ ކަޅުބިލަ މަހަށް 47.9 މިލިއަން ރުފިޔާ ދޫކުރި އެވެ.

މީގެ އިތުރުން 10 ކިލޯއިން މަތީގެ 11.7 ޓަނުގެ ކަންނެއްޔަށް 234،100 ރުފިޔާ އަދި 15 ކިލޯއިން މަތީގެ 62.7 ޓަނުގެ ކަންނެއްޔަށް 1.5 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. 

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ، ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު