ޚަބަރު
ޓެކްސްތަކާ ހެދި ރާއްޖެ ބަނގުރޫޓް ވެދާނެ: ނަޝީދު
ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކޮށް، ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އެޖެންޓުން އަދި ޓުއަ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތުން އަންނަ މަހުން ފެށިގެން ޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ގެނައި އިސްލާހާ މެދު ހުރި ކަންބޮޑުވުންތަކާ އެކު ޔޫރަޕުގެ ބޮޑެތި ޓުއަ އޮޕަރޭޓަރުންނާއި ވިޔަފާރިވެރިންގެ ކޯލުތައް ލިބިވަޑައިގަންނަވާ ކަމަށާއި މި ޓެކްސްތަކުގެ ސަބަބުން ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެމްޑީޕީގެ ޗެއާޕާސަން މިއަދު ވިދާޅުވީ ނަޝީދު ވިދާޅުވީ ޔޫރަޕުގެ ވިޔަފާރިވެރިންނާއި ޓުއަ އޮޕަރޭޓަރުންގެ އެއް ކަންބޮޑުވުމަކީ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް ބޭންކަށް މާރުކުރަން ޖެހުމުން ދުވަހުގެ ހަރަދަށް ކަނޑައި، ލޯނުތައް ދެއްކުމަށް ފަހު ޑިވިޑެންޑަށް އެކަށީގެންވާ އަދަދެއް ބާކީ ނުހުންނާނެކަމުގެ ކަންބޮޑުވުން ކަމަށެވެ.

މީގެ އިތުރުން، ޔޫރަޕުގެ އެ ވިޔަފާރިތަކުން އެ މީހުންގެ ގައުމުތަކުގައި ވެސް 20 ޕަސެންޓް ޖީއެސްޓީ ޓެކުހަށް ދައްކާ ކަމަށް ވިދާޅުވި އެވެ. އަދި އެ ވިޔަފާރިތަކުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުން ވެސް މީރާއަށް ޓީ/ޖީއެސްޓީ ދައްކާ ކަމަށާއި، އޭގެ އިތުރަށް ރާއްޖޭގައި މަތިމައްޗަށް ހަމަ އެ ޓެކްސް ދެއްކުމަކީ ނުކުޅަދާނަ ކަމަކަށްވުމުގެ ޝަކުވާތައް ވިޔަފާރިތަކުން އެ މަނިކުފާނާ ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"[އެކަމަކު މި] ކަންބޮޑުވުންތަކަށް ހައްލު ހޯދޭ ތަނެއް ނުފެނޭ. މިއީ ރާއްޖެ ބަނގުރޫޓުވުމުގެ ތުންފަތް މަތި." ނަޝީދު ވިދާޅުވި އެވެ.

އަންނަ މަހުން ފެށިގެން ބޭރުގެ ޓުއަ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނަގަން ފެށުމާ މެދު ޓުއަ އޮޕަރޭޓަރުންގެ ބޮޑެތި ކަންބޮޑުވުންތައް އެބަހުއްޓެވެ.

މީގެ އިތުރުން، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ %40 ބޭންކުތަކަށް މާރު ކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު މިހާރު ތަންފީޒު ކުރަން ފަށާފައިވާއިރު، އެ އިސްލާހާ މެދު ރިސޯޓު އިންވެސްޓަރުންގެ ކަންބޮޑުވުންތައް ވެސް އެބަހުއްޓެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު