ޚަބަރު
ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ޝިޔާމަށް ފުލުހުންގެ ވަޒީފާ ދީފި
ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހުންނަވަނިކޮށް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް، މެއި 2014 ވަޒީފާ އިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް އަލުން ވަޒީފާ ދީފި އެވެ.

ދެހާސް ސާދަވަނަ އަހަރުގެ މެއި މަހު ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާދޭން ހައިކޯޓުން ހުކުމްކުރީ މިދިޔަ އޭޕްރީލް މަހުގެ 16ވަނަ ދުވަހެވެ.

'ފޭސްބުކް'ގައި މިއަދު ހިއްސާކުރެއްވި ފޮޓޮއެއްގައި ޝިޔާމް ލިޔުއްވައިފައިވަނީ، ފުލުހުންގެ ވަޒީފާއަކީ އޭނާގެ މުޅި ދިރިއުޅުން ކަމަށެވެ. ޝިޔާމް ވަނީ، ފުލުހުންގެ އިސް އޮފިސަރުންގެ އިތުރުން، އެކި ރޭންކުތަކުގައި ތިއްބަވާ އޮފިސަރުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. ޝިޔާމް ވިދާޅުވީ އެ ވަޒީފާ އާއި ފުލުހުންގެ ޔުނީފޯމަކީ އޭނާގެ ހަޔާތުގެ އެންމެ މުހިންމު ބައި ކަމަށެވެ. 

ޝިޔާމަށް ވަޒީފާ އަލުން އިޔާދަކޮށްފައިވީ ނަމަވެސް، ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ވަޒީފާ ވަކިކޮށްފައިހުރި މުއްދަތުގެ މުސާރަ އާއި އިނާޔަތް ދީފައެއް ނުވެ އެވެ. ދައުލަތުން ވަނީ ހުކުމްގެ އެ ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު