ޚަބަރު
މަޖިލިހުގެ އާ ނައިބު ރައީސް އިންތިހާބުކުރަން މިއަދު އިތުރު ޖަލްސާއެއް ބާއްވަނީ
ރައްޔިތުންގެ މަޖިލީހަށް އާ ނައިބު ރައީެއް އިންތިހާބު ކުރުމަށް، މިއަދު އިތުރު ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މިއަދު ހެނދުނު 9:00 އަށް އެޖެންޑާކުރި ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ނާޒިމު އިސްތިއުފާ ދެއްވިކަން އިއުލާނު ކުރައްވާފަ އެވެ.

މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު މެންދުރުފަހު 01:00 ގައި އޮންނާނެކަން އިއުލާނު ކުރެއްވުމަށްފަހު އެ ޖަލްސާ ވަނީ ނިންމާލައްވާފަ އެވެ. 

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 14 އަށް ނިމެން އޮތް ނަމަވެސް، މަޖިލީހުން ވަނީ މިހާރު ހިނގަމުންދާ ދައުރު މިއަދުގެ ނިޔަލަށް ދަންމާލާފަ އެވެ. އެއީ ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހު މަޖިލިސް ޗުއްޓީއަށް ދިއުމަށެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު