މުހިންމީ ޖީބަށް ވަންނަ ފައިސާ އިތުރުވުން: ރައީސް ނަޝީދު
އަބްދުﷲ މައުރޫފް
31 މެއި 2026 - 11:28
0 comments
ކުުރީގެ ރައީސް މުހައްމަދު ނަޝީދު، ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނަށް ހޯރަފުއްޓަށް ވަޑައިގަތުން
މުހިންމީ މަޝްރޫއުތައް ހިންގުން ނޫން ކަމަށާއި ޖީބަށް ވަންނަ ފައިސާ އިތުރުވުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޗެއާޕާސަން އިންތިހާބުގެ ކެމްޕޭންގައި މިއަދު ހއ. ހޯރަފުށީގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ސަރުކާރުން އެކި ކަހަލަ މަޝްރޫއުތައް ހިންގާ ކަމުގެ އަޑު އިވުނު ނަމަވެސް، މުހިންމީ މަޝްރޫއުތައް ހިންގުން ނޫން ކަމަށާއި ޖީބަށް ވަންނަ ފައިސާ އިތުރުވުން ކަމަށެވެ. އަދި އެކަން ކޮށްދޭނީ، ނަޝީދު ވިދާޅުވި ގޮތުގައި، އެމްޑީޕީއިންނެވެ."އިރާދަކުރެއްވިއްޔާ، ކުރިއަށް މި އޮތް ފަސް، ހަ އަހަރު ތެރޭގައި ތިޔަބޭފުޅުންގެ ޖީބަށް ވަންނަ އެއްޗެއް، [އަޅުގަނޑުމެންގެ ސިޔާސަތުތަކުގެ ސަބަބުން] ދެ ގުނަ ވާނެ ވިޔަފާރިތަކެއް ގެނެސްދޭނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.ކުރިއަށް އޮތް ފަސް ވަރަކަށް އަހަރުގެ ތެރޭގައި ރައްޔިތުންގެ އާމްދަނީ ދެ ގުނަ ކޮށްދޭ ފަދަ އާ ވިޔަފާރިތަކާއި ސިޔާސަތުތައް އެމްޑީޕީން ގެނެސްދޭނެ ކަމަށާއި ރައީސް މުހައްމަދު މުއިއްޒުއަށް އެ ބާވަތުގެ ކަންކަން ކުރެވެން ނެތް ކަމަށެވެ. "އެބޭފުޅުންނަށް މިކަންކަން ކުރެވޭކަށެއް ނެތް. ހަގީގަތަކީ އެބޭފުޅުންގެ ގާތަކު، ރައީސް މުއިއްޒުގެ ގާތުގައި ނެތް އެއްވެސް ކަހަލަ، ތަނެއް ދޮރެެއް، މާބޮޑަކަށް މިކަހަލަ ކަމަކާ ގުޅޭގޮތުން ވިސްނޭ ކަހަލަ ބޭފުޅުންނެއް. ރައީސް ޔާމީނާ އެކީގައި ޕީއެންސީ ގާ ތިއްބެވި އޭގެ ބޭފުޅުން ހިނގައްޖެ." ރައީސް ނަޝީދު ވިދާޅުވި އެވެ. އަޅުގަނޑަށް ޔަގީން، ބޭފުޅުން ހިތަށް ވަންނާނެ، ސަރުކާރުން މިވެނި ޕްރޮޖެކްޓެއް، އެވެނި ޕްރޮޖެކްޓެއް ހިންގާ ވާހަކަ. އަޅުގަނޑަށް ފެންނަ ތަނުގައި މިހާރު މުހިންމީ އެވެނި ޕްރޮޖެކްޓެއް، މިވެނި ޕްރޮޖެކްޓެއް ނޫން. މުހިންމީ ޖީބަށް ވަންނަ ފައިސާ އިތުރު ކުރެވޭނެ ގޮތެއް."
ކިޔުންތެރިންގެ ޝުއޫރު