ޚަބަރު
ސޯބެ ހުވާކުރުމުގެ ރަސްމިއްޔާތު ހޯމަ ދުވަހު ބާއްވަނީ
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބު ކާމިޔާބުކުރެއްވި އަބްދުﷲ ޞާދިގު (ސޯބެ) އަންނަ ހޯމަ ދުވަހު ހުވާކުރައްވައި، މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިއްޖެ އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ސޯބެ މެމްބަރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ހޯމަ ދުވަހު ހެނދުނު މަޖިލީހުގައި އޮންނާނެ ކަމަށެވެ.  

ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވި ޞާދިގު އިންތިޚާބު ކާމިޔާބުކުރެއްވީ 1،375 ވޯޓު ހޯއްދަވައިގެންނެވެ. ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ސޯބެއާ ވާދަކުރެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސައީދު (ސޮޑާ)އަށް ލިބުނީ 1،313 ވޯޓެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ)ގެ ގޮނޑި ގެއްލުމުންނެވެ. އެއީ އޭނާއާއި އިތުރު ބަޔަކު އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރީލް މަހުގެ 12ވަނަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ.




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު