
އެ ހޮސްޕިޓަލުން ހިދުމަތް ހޯދަން ދިޔަ ބައެއް މީހުން ބުނީ ޑޮކްޓަރަށް ދެއްކުން ވަރަށް ލަހުން ކުރިއަށްދާ ކަމަށާއި އެކަމަކު ލެބޯޓަރީގެ ހިދުމަތެއް ނުލިބޭ ކަމަށެވެ. އެހެންވެ ހެނދުނު ލޭގެ ޓެސްޓުތައް ހަދަން ދިޔަ ގިނަ ބަޔަކު ވެސް އެތަނުގައި އެބަތިބި ކަމަށް ބުންޏެވެ.އެކަމަކު، ސާވާއަށް ދިމާވި މައްސަލަ ހައްލުކޮށް، މިހާރު ކުރިއެކޭ އެއްގޮތަށް ހިދުމަތް ދޭން ފަށާފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.