
ހުޅުމާލެ ހޮސްޕިޓަލުގެ މައި ކަރަންޓު ޕެނަލަށް ދިމާވި އެ މައްސަލަ ހައްލުވަންދެން، އެ ހޮސްޕިޓަލުގެ އޯޕީޑީ ހިދުމަތްތައް ވަގުތީ ގޮތުން، ހުޅުމާލެ 2 ގެ ހިޔާ ފްލެޓު 16 ގައި ގާއިމުކޮށްފައިވާ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ބަދަލުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓު މައްސަލައެއް ދިމާވެ ހޮސްޕިޓަލުން ކަރަންޓު ކެނޑެން މެދުވެރިވީ ކޭބަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.މައްސަލަ ހައްލުކުރުމަށްފަހު އެ ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލުގެ ކަރަންޓު ވިއުގާއަށް ދިމާވި މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް މިހާރު ހިދުމަތް ދެމުންދާ ކަމަށެވެ. މި ހާލަތުގައި ރައްޔިތުންގެ ދިން އެއްބާރުލުމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި ހޮސްޕިޓަލް ހިދުމަތްތައް އާންމު ހާލަތައް ގެނައުމަށް ސްޓެލްކޯ އެމްއެންޑީއެފް އަދި އެކި ގޮތްގޮތުން އެހީވެދިން ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.