
ފުލުހުން ބުނީ އިއްޔެ ކުރިއަށްގެންދިޔަ މި މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި ކުރެހުންތަކާއި ލިޔުންތައް ފޮހެ ނައްތާލާފައިވާ ކަމަށެވެ.ފުލުހުން ބުނި ގޮތުގައި، ސިލްސިލާކޮށް ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން، މާލެ ސިޓީގެ އިތުރު ސަހަރައްދުތަކުގައި ހުރި ކުރެހުންތަކާއި ލިޔުންތައް ނައްތައިލުމުގެ މަސައްކަތް ވެސް މާލެ ސިޓީ ކައުންސިލާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާނެ އެވެ.މާލެ ސިޓީއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.މާލޭގެ ހަނި ގޯޅިތަކުގައާއި ގޭންގުތައް އެއްވެ އުޅޭ ހިސާބުތަކުގައި ގްރެފިޓީ ކުރަހައިފައި ހުރެއެެވެ. ބައެއް ފަހަރު ބޭއަދަބީ ބަސްބަސް ހިމެނޭ ޝިއާރުތައް ވެސް ލިޔެފައި ހުރެެއެވެ.