ސްކޫލެއްގެ މުވައްޒަފުންތަކެއް ހިންގި ހިޔާނާތުގެ މައްސަލައެއް ބަލަނީ
ހުސެން ރަޝީދު
16 ޖޫން 2026 - 20:53
0 comments
އޭސީސީން ބެއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އޭސީސީ
މާލޭގެ ސްކޫލެއްގެ ތިން މުވައްޒަފަކު، އެހެން މުވައްޒަފެއްގެ ނަމުގައި މުސާރައަށް ފަސް އަހަރު ތެރޭ 1.5 މިލިއަން ރުފިޔާ ނަގައިފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މާލޭ ސަރަހައްދުގެ ސްކޫލެއްގެ މުވައްޒަފުންތަކެއް ހިމެނޭ މި މައްސަލަ ފެންމަތިވީ، އެޑިއުކޭޝަން މިނިސްޓްރީން ކުރި އޮޑިޓެއްގެ ތެރެއިންނެވެ.އޭސީސީން ބުނީ، އެ މައްސަލައިގެ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށެވެ. ތަހުގީގުކުރަމުންދާ މައްސަލައަަކަށްވާތީ އެކަމުގެ ތަފްސީލެއް ނުދެ އެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހިޔާނާތް ހިންގާފައިވާ ގޮތަށް ބަލާއިރު، 2021 ވަނަ އަހަރުން ފެށިގެން އެ ބިދޭސީ މީހާގެ ބަދަލުގައި އެހެން މީހެއްގެ ނަން މުސާރަ ޝީޓަށް އިތުރުކޮށް، އެ މީހާގެ މުސާރަ ނަގައި، ބަޖެޓް އޮފިސަރާ އާއިލީ ގުޅުން އޮންނަ އެކި މީހުންގެ ބޭންކު އެކައުންޓުތަކަށް ވަނީ ޖަމާކޮށްފަ އެވެ. މިގޮތުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި ނަގާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ކިޔުންތެރިންގެ ޝުއޫރު