ޚަބަރު
އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ދައުވާކުރަން އެދިއްޖެ
އެމްޕީއެލްއަށް އޭސީ ޔުނިޓުތަކެއް ގަތުމުގައި ނާޖައިޒު މަންފާ ހޯދި ކަމުގެ ތުހުމަތުގައި، އެ ކުންފުނީގެ ކުރީގެ ސީއީއޯ މުހައްމަދު ޖުނެއިދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވަން ނިންމައިފި އެވެ.

 އޭސީސީން މިއަދު އާންމުކުރި ލިޔުމެއްގައިވާ ގޮތުން، އެ މައްސަލާގައި ޖުނައިދުގެ އިތުރުން އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އޭރުގެ ވެރިޔާ އަބްދުލްވައްހާބުގެ މައްޗަށް ވެސް ދައުވާކޮށްދޭން އެދިފައިވެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ 2016 އަދި 2017 ވަނަ އަހަރު އެމްޕީއެލްއަށް 18 އޭސީ ޔުނިޓު ހޯދީ، އޭރު އެ ކުންފުނިން އަމަލުކުރި ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރަންޖެހޭ ގަވައިދާ ހިލާފަށް ކަމަށެވެ. އާންމުކޮށް އިއުލާން ނުކުރާއިރު، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ވެސް ނެތް ކަމަށް އޭސީސީން ބުންޏެވެ. 


އެ ދެ މީހުންގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް އެދިފައިވެ އެވެ. އެއީ:

  • ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ

  • ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު