ޚަބަރު
މަރަދޫފޭދޫގައި ހުރި ޑްރަގް ކެފޭއެއް ބަންދުކުރަން އަމުރުކޮށްފި
ސ. މަރަދޫފޭދޫ
އައްޑޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، ސ. މަރަދޫފޭދޫ / އުއްމީދުގެ ބަންދުކުރަން މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފި އެވެ.

އެ އަވަށު އުއްމީދުގޭ ބަންދުކުރަން މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ އިއްޔެ އިން ފެށިގެން 9 ދުވަހުގެ މުއްދަތަށް ކަމަށް ފުލުހުން ބުންޏެވެ.

އެ އަމުރު ނެރުނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުންނެވެ. އަދި މިއީ މަރަދޫފޭދޫގައި މިގޮތަށް ބަންދުކުރި ފުރަތަމަ ތަނެވެ.

ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ވަދެނުކުތުމަކީ ގާނޫނީ ކުށެކެވެ. އަދި އެފަދަ ތަންތަނަށް ހުއްދަނެތި ވަންނަ މީހުންނާއި އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނާ މެދު ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

އައްޑޫގެ ކޯޓަކުން މި ފަހުން ވެސް ވަނީ މަސްތުވާތަކެތީގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން އަމުރުކޮށްފަ އެވެ. 

ހިތަދޫ ކޯޓުން މި މަހުގެ 8 ވަނަ ދުވަހު ނެރުނު އަމުރުގައި ވަނީ "ލާމިޔާގެއާގެ" ތިން މަސް ދުވަހަށް ބަންދުކޮށްފަ އެވެ. އަދި އެ އަމުރާ ހިލާފަށް އެ ގެއަށް ވަން މީހަކު ވެސް ހައްޔަރުކުރި އެވެ.

ހިތަދޫ ގެއެއް ބަންދުކުރަން އަމުރު ނެރުނުއިރު ޏ. ފުވައްމުލަކުގައި ވެސް މަސްތުވާތަކެތި ވިއްކުމުގެ އިތުރުން އެ ތަކެތި ބޭނުންކުރުމުގެ ހިދުމަތް ދޭ ކެފޭއެއްގެ ގޮތުގައި ހިންގާ ކަމަށް ތުހުމަތު ކުރެވޭ ތަނެއް ވަނީ މިދިޔަ މަހުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު