ޚަބަރު
އޮޕަރޭޝަނެއްގައި އުޅެނިކޮށް ނިޔާވި އާސިފަށް މަގާމުގެ ކުރިއެރުން ދީފި
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަތީގައި ހަރަކާތްތެރިވުމުގެ ތެރޭގައި ނިޔާވި ސީނިއާ ސާޖަންޓް އަހުމަދު އާސިފްގެ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން، އޭނާއަށް މިއަދު މަގާމުގެ ކުރިއެރުން ދީފިއެވެ.

ރޭ ދަންވަރު އއ. އަތޮޅުގައި ފުލުހުން ކުރިއަށް ގެންދިޔަ ޑްރަގް އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި އާސިފް ހުއްޓާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މޫދުގައި މަރުވެފައި އޮއްވަ އެވެ. 

ފުލުހުން ބުނީ އާސިފަށް މަގާމުގެ ކުރިއެރުން ދިނީ އިހުލާސްތެރިކަމާ އެކު ފުލުހުންގެ ހިދުމަތުގައި އަދާކުރި ނަމޫނާ މަސައްކަތާއި މަސައްކަތަށް ބެހެއްޓި ފަރުވާތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

އޭނާ މިއަދު ވަނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކަށް ބަދަލުކޮށްފަ އެވެ.

ފުލުހުން އަންނަނީ އާސިފްގެ އާއިލާއަށާއި އެކުގައި މަސައްކަތް ކުރި މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެ މަސައްކަތުގައި އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު