ކުޅިވަރު
ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ވޯލްޑްކަޕް ބެލޭގޮތަށް ބޮޑު ސްކްރީންތަކެއް ބަހައްޓައިފި
މި އަހަރުގެ ފީފާ ވޯލްޑް ކަޕް ފޯރިގަދަކޮށް ބެލުންތެރިންނަށް ގެނެސްދިނުމަށްޓަކައި، އެޗްޑީސީއާއި ޕީއެސްއެމް ގުޅިގެން ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ވޯލްޑް ކަޕް ބެލުމަށް ބޮޑުސްކްރީންތައް ބަހައްޓައިފި އެވެ.

އެޗްޑީސީން ބުނީ، އެ ސްކްރީންތައް ބަހައްޓާފައިވާ ހުރިހާ ސަރަހައްދަކުން ވެސް މިއަހަރުގެ ވޯލްޑް ކަޕްގެ ހުރިހާ މެޗުތަކެއް ދައްކާނެ ކަމަށެވެ.

އެގޮތުން، ބޮޑު ސްކްރީނުން އާންމުންނަށް މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާ ހުޅުމާލޭގެ ތިން ސަރަހައްދުގެ ތެރޭގައި ހިމެނެނީ، ސެންޓްރަލް ޕާކާއި ހުޅުމާލެ ފުރަތަމަ ފިޔަވަހި ފްލެޓް 137 ކައިރީގައި ހުންނަ ހެދިކާ ޓެންޓު ކައިރީގެ އިތުރަށް ވިނަރެސް ޓަވަރު 9 ކުރިމަތީގައި ހުންނަ ރޯދަ މާރުކޭޓް ޓެންޓު ކައިރިއެވެ.

މީގެއިތުރުން، ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ސަޕޯޓަރުންނަށްވެސް އަމާންކަމާއެކު ފޯރިގަދަ މާހައުލެއްގައި ހިލޭ މި މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އަމާޒެއް ކަމަށް އެޗްޑީސީން ބުނެއެވެ.

މިފަހަރުގެ ވޯލްޑް ކަޕް ފަށާނީ މެކްސިކޯ އާއި ސައުތު އެފްރިކާ ބައްދަލުކުރާ މެޗުންނެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު އެވެ. އެއަށް ފަހު ދެން އޮންނާނީ ސައުތު ކޮރެއާ އާއި ޗެކު ރިޕަބްލިކް ބައްދަލުކުރާ މެޗެވެ. އެ މެޗު ފަށާނީ މާދަމާ ހެނދުނު 7 ޖަހާއިރު އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު