ޚަބަރު
ޑެޕިއުޓީ މިނިސްޓަރަކު އޮޅުވާލައިގެން ފައިސާ ހޯދި ކަމަށް ތުހުމަތުވާ މައްސަލައެއް
ގޯއްޗާއި ފްލެޓް ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި ކަމުގެ ތުހުމަތު އޮތް މުހައްމަދު ޔާސީން -
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ގޯއްޗާއި ފްލެޓް ހޯދައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކު ވަކިކޮށްފި އެވެ.

އެ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމުން މައްސަލަ ބެލުމަށް ފަހު މަގާމުން ވަކިކުރީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި މުހައްމަދު ޔަސީން އެވެ. 

ފުލުހުން ތަފްސީލެއް ނުދީ މިއަދު ބުނީ ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. 

އެ މައްސަލައާ ގުޅޭ ތަފުސީލެއް ފުލުހުން ދީފައި ނުވިޔަސް، އެނގިފައިވާ ގޮތުގައި ފުލުހުން ތަހުގީގުކުރަނީ ޔާސީންގެ މައްސަލަ އެވެ.

ޔާސީންގެ މައްޗަށް ތުހުމަތުކުރެވެނީ ފްލެޓާއި ގޯތި ހޯދައިދޭނެ ކަމަށް ބުނެ ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންގެ އިތުރުން ފަނޑިޔާރުންނާއި އާންމުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށެވެ.

ގޯއްޗާއި ފްލެޓް ދޭނެ ކަމަށް ބުނެ އެކި މީހުންގެ އަތުން 25 މިލިއަނެއްހާ ރުފިޔާ އޭނާ ނަގާފައިވާ ކަމަށް ތުހުމަތުކުރެ އެވެ.

ފިޝަރީސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ޔާސީން އައްޔަންކޮށްފައިވަނީ ޖަނަވަރީ 21، 2024ގައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު