މަޖިލީހުގެ ނައިބު ރައީސް ކަމަށް ފަލާހުގެ ޝައުގެއްނެތް!
ޔޫނުސް އިބްރާހިމް
31 މެއި 2026 - 14:23
0 comments
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހް - ފޮޓޯ: އަވަސް
މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ވާދަ ނުކުރައްވާ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރަން ޕީއެންސީން މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، އޭނާ މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މަގާމަށް ގެންނާނެ ބޭފުޅަކާ މެދު މެމްބަރުންގެ ތެރޭގައި ކޮންމެ ވެސް ވަރެއްގެ މަޝްވަރާތަކެއް ކުރިއަށް ދިޔަ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ.ނަމަވެސް މީޑިއާތަކުން މިކަން ރިޕޯޓު ކުރި ފަހުން، ފަލާހު ވަނީ މިކަމާ ގުޅޭ ޕޯސްޓެއް މިއަދު އެކްސްގައި ކުރައްވާފަ އެވެ."ނޫސްތަކުގެ ސަމާލުކަމަށް ދަންނަވަން. އަޅުގަނޑު މަޖިލީހުގެ ނައިބު ރައީސްކަމަށް ވާދައެއްނުކުރަން،" ފަލާހު ކުރެއްވި ކުރު ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.މަޖިލީހުގެ ނައިބު ރައީސްކަމަށް ވާދަ ނުކުރައްވާ ކަމަށް ފަލާހު މިއަދު ވިދާޅުވި ނަމަވެސް، 'ދައުރު'އަށް ލިބިފައި ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އޭނާ ވަނީ މީގެ ކުރިން އެ މަގާމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން އޮވެގެން، އެކަމަށް މަސައްކަތް ކުރައްވާފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު