
ފަލާހު ވިދާޅުވީ، އެމްޑީޕީ ދެން އަލުން ކޮޅަށް ޖެހޭނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުވެސް 9 މިލިއަން ރުފިޔާ އެ ޕާޓީއަށް ލިބިފައިވާއިރު، އިންތިހާބާ ދިމާކޮށް ކެންޑިޑޭޓުންގެ ފީވެސް އިލެކްޝަންސް ކޮމިޝަނަށް ދައްކައިދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ސިޔާސީ މަސައްކަތް ކުރިއަށްގެންދަން ބޭނުންވާ ނަމަ އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެމްޑީޕީގެ ލީޑަޝިޕަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ."އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އެެމްޑީޕީ ނަގާ ދެން ކޮޅަކަށް ނުޖެހޭނެ. ދެން އެ ބޭފުޅުންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުން " ޕީއެންސީ ޓިކެޓުގައި ގދ. ތިނަދު އަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މާލޭގެ ކެމްޕެއިން ޖަގަހަ ހުޅުވަން ބޭއްވި ހަފުލާގަައި ފަލާހު ވިދާޅުވި އެވެ.