ޚަބަރު
ޕީއެންސީން 800 ނުވަތަ 900 ގޮނޑި ކާމިޔާބު ކުރާނެ: ފަލާހު
އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ރޭ ވިދާޅުވެއްޖެ އެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މިމަހުގެ 12 ވަނަ ދުވަހު އޮތްއިރު ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ނަން ތަރުތީބު ކުރުމާ ހަމައަށް އޮތީ ހުޅުވާލާފަ އެވެ. އެގޮތުން އިންތިހާބަކާ ނުލައި ޕީއެންސީން މިހާތަނަށް 69 ގޮނޑި ކާމިޔާބުކޮށްފައިވަ އެވެ.

މާލޭގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަމުން ފަލާހު ވިދާޅުވީ ޕީއެންސީގެ ތަފާތު އެކި ހިސާބުތައް ދައްކާ ގޮތުގައި އެ ޕާޓީން ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބުކުރާނެ ކަމަށެވެ. އަދި މި އިންތިހާބުގައި ގިނަ އަދަދަކަށް މިނިވަން ކެންޑިޑޭޓުން ވާދަކުރާއިރު، ޕީއެންސީން ތާއީދުކުރާ އެއްވެސް މިނިވަން ކެންޑިޑޭޓެއް ނުހުންނާނެ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވީ، ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކެއް ހުރި ނަމަވެސް އިންތިޚާބުގައި ގިނަ ޕާޓީތަކުން ވާދަކޮށްފައި ނުވާ ކަމަށެވެ.

އިންތިޚާބުގައި ވާދަކޮށްފައި ވަނީ އެމްޑީޕީއާއި ޕީއެންސީކަން ފާހަގަކުރައްވައި، ފަލާހު ވިދާޅުވީ، 'ތަންކޮޅެއް އަޑުގަދަކޮށް' އުޅޭ ޕާޓީތަކުން އެއްވެސް ކެންޑިޑޭޓުން ކުރިމަތިލައިފައިނުވާ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު