
ފުލުހުން ބުނީ، ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ފުލުހުންނާއި އިމިގްރޭޝަނާއި ކަސްޓަމްސް ގުޅިގެން މިއަދު އޮޕަރޭޝަނެއް ހިންގި ކަމަށެވެ.އެ އޮޕަރޭޝަނުގައި 10 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ތަންތަނުގެ ތެރެއިން ދެ ތަނެއް ބަންދުކޮށް، ހުރި މައްސަލަތައް ރަނގަޅުކުރުމަށް އެއް ތަނަކަށް ނޯޓިސް ދިން ކަމަށް ފުލުހުން ބުންޏެވެ.މީގެ އިތުރުން ފުލުހުން ބުނީ ބިދޭސީއަކު ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.