ޚަބަރު
ނޭޝަނަލް ސާވިސްގެ ދެވަނަ ބެޗުގެ 350 ބައިވެރިން ދަސްވެނިވެއްޖެ
ނޭޝަނަލް ސާވިސް ޕްރޮގްރާމުން ޖާގަ ލިބުނު ބައިވެރިއެއް އާއިލާއާ ސަލާމް ކުރަނީ
ސާދަ ހަފުތާގެ ތަމްރީނަށް ފަހުގައި، ވަތަނީ ޚިދުމަތުގެ ދެވަނަ ބެޗުން 344 ޒުވާނުން މިއަދު ދަސްވެނިއްޖެ އެވެ.

އެ ދަރިވަރުން ދަސްވެނިވީ ޅ. މާފިލާފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ.

ނެޝަނަލް ސާވިސްގެ ތަމްރީނު ނިންމައި ދަސްވެނިވި ދަރިވަރުންނަށް އަޒުމް ލައިދިނުމާއި އެ ދަރިވަރުންގެ ހިނގާލުން އެ ރަސްމިއްޔާތުގައި ބޭއްވި އެވެ.

ދެވަނަ ނޭޝަނަލް ސާވިސް ޓްރެއިނިން ކޯހުގައި 112 ރަށަކުން 350 ދަރިވަރުން މިއަދު ތަމްރީނު ފުރިހަމަ ކުރި އެވެ. އެއީ 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ.

ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. 

މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި 344 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އޭގެތެރެއިން، ބައެއް ދަރިވަރުން ބ. ކިހާދޫގައި ތަމްރީނު ހަދަމުން އަންނައިރު، ބޭނުންވާ ބާކީ ކުދިންނަށް ސަރުކާރުން ވަނީ، އެކި ވަޒީފާތައް ހަމަޖައްސައިދީފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު