ޚަބަރު
ސިފައިންގެ ޗީފް އަބްދުއްރަހީމް އަންނަ މަހު ރިޓަޔާ ކުރައްވަނީ
މިހާރު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ސިފައިންގެ ހިދުމަތުން އަންނަ މަހު ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.

ސިފައިންގެ ޔުނިފޯމް ބޮޑީގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް ސިފައިންގެ ހިދުމަތާ ދުރަށް ވަޑައިގަންނަވަނީ އެނގިފައިވާ ގޮތުގައި އަންނަ މަހުގެ 17 ގައި އޭނާގެ އުމުރުން 60 އަހަރު ވާތީ އެވެ. އެހެންވެ، ޝަރަފުވެރިކަމާ އެކު މަގާމުން ދުރަށް ވަޑައިގަންނަވާނެ ކަން އެ ތަނުގެ އެންމެ އިސްވެރިންނަށް ވަނީ އަންގަވައިފަ އެވެ.

ސިފައިންގެ ގާނޫނު ބުނާގޮތުން، އެ ވަޒީފާގައި ހުރެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ. އެ ގާނޫނަށް ބަދަލެއް ނުގެންނަ ނަމަ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި އަބްދުއްރަހީމަށް ދެން ދެމިހުންނެވޭނީ 34 ދުވަސް ވަންދެންނެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އޭނަ އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ގަ އެވެ. އޭގެ ކުރިން އަބްދުއްރަހީމު ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގަ އެވެ.

ޗީފް އޮފް ޑިފެންސްގެ މަގާމަށް އަބްދުއްރަހީން އައްޔަންކުރެއްވުމަށް ފަހު، ޑިސެމްބަރު މަހުގެ ތެރޭގައި ލެފްޓިނެންޓް ޖެނެރަލް ރޭންކަށް އޭނަ ޕްރޮމޯޓް ވެސް ކޮށްފައިވެ އެވެ.

ސިފައިންގެ ހިތުމަތުގައި އަބްދުއްރަހީމް އުޅުއްވާތާ މިހާރު 37 އަހަރުވެއްޖެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު