ޚަބަރު
ޔުނިވާސިޓީގެ މެޑިސިން ކިޔަވާ ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ: ސަރުކާރު
ގައުމީ ޔުނިވާސިޓީގެ ސުކޫލް އޮފް މެޑިސިން ގައި ކިޔަވަމުންދާ ދަރިވަަރުންނަށް ދެރަ ގޮތެއް ނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

އެމްއެންޔޫގެ މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލުން، އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމާފައިވާއިރު، މި ނިންމުމާ ގުޅިގެން އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެމްއެންޔޫގެ މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލްގައި 2018 ވަނަ އަހަރު ހިންގަން ފެށީ ވަގުތީ ގޮތުންނެވެ. އެކަމަކު، މިއަދާ ހަމައަށް އެ ދަރިވަރުންނަށް ދާއިމީ ތަނެއް ހޯދައެއް ނުދެވުނެވެ. 

ރާއްޖޭގެ އެމްއެންޔޫ އިން މެޑިސިން ނުވަތަ ޑޮކްޓަރީކަން ކިޔަވަމުންދާ ދަރިވަރުން ކިޔެވުމަށް ދަރުމަވަންތަ ހޮސްޕިޓަލުން ދޫކޮށްލައިފާ ދެ ފަންގިފިލާ ހުސްކުރަން އެންގި މައްސަލައިގައި އެ ޔުނިއަން އިން ވަނީ ރައީސް އޮފީހާ ބައްދަލު ކޮށްފައެވެ.

އެ ބައްދަލުވުމަށް ފަހު އެ ޔުނިއަން އިން ނެރުނު ބަޔާނެއްގައި ވަނީ އިއްޔެ ރޭ ރައީސް އޮފީހުގެ އިސް ބޭފުޅުންނާއި އައިޖީއެމްއެޗް އަދި އެމްއެންޔޫޫގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބޭއްވިއިރު، ސަރުކާރުން މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ ފަދަ ކަމެއް ނުކުރައްޥާނެ ކަމުގެ ޔަގީންކަން ދިން އަރުވާފައިވާ ކަަމަށެޗެ.

"ދަރިވަރުންގެ ހައްގުތައް ރައްކާތެރިކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގެން، އެކަަމަށް އިސްކަން ދެއްވާކަމާއި، މިހާރަވަށްވުރެ ފުރިހަމަ ފެސިލިޓީއެއް ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ވަނީ އަރުވާފައެވެ. އަދި ސިއްހީ ދާއިރާއަކީ ރައީސްވަރަށް ބޮޑަށް އިސްކަމެއް ދެއްވައިގެން ކުރިއަރުވަން ބޭނުންވާ ދާއިރާއެއްކަންވެސް ފާހަގަކުރައްވާފައި ވެއެވެ،". އެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ ކަމުގެ އުންމީދު ދެއްވުމުން ހިތްތަކަށް ތަސައްލީއެއް ލިބިފައިވާ ކަމަށާއި މިކަމަކީ އެތައް ހާސް ދަރިވަރުންގެ މަސްލަހަތު ހިމެނޭ ކަމަށްވެފައި މެޑިސިން ކިޔަވަމުންދާ 200އެއްހާ ދަރިވަރުންނަށް ދާއިމީ ހިޔާވަހިކަމެއް ލިބެންދެން ދަރުމަވަންތަ ހޮސްޕިޓަލްގެ 8 އަދި 14 ވަނަ ފަންގިިފިލާގައި ތިބެވޭނެ ކަމަށް ކުރެވޭ އުންމީދު އާވެފައިވާ ކަަމަށްވެސް ދަރިވަރުންގެ ޔޫނިއަނުން ވަނީ ބުނެފަ އެވެ.

"އެހެން ކަމުން މި މައްސަލާގައި ދާއިމީ ހައްލަކާ ހަމައަށް ދިއުމަށް ގިނަ ދުވަސްތަކެއް ހޭދަވާނެތީ މިހާރު ދަރިވަރުން ކިޔަވަމުން އަންނަ އިމާރާތުގައި ދަރިވަރުންގެ ކިޔެވުން ކުރިއެކޭ ވެސް އެއްފަދައިން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ހުރިހާ ދަރިވަަރުންގެ ވެސް އެދުމެކެވެ،" އެ ބަޔާނުގައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު