ޚަބަރު
މަސްވެރިކަމާ ބެހޭ ކޯސްތައް އޯގަސްޓްގައި ފަށަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަސްވެރިކަމާ ބެހޭ ކޮލެޖު ޤާއިމްކޮށް، އެ ކޮލެޖުގައި ހިމެނޭ ކޯސްތަކުގެ ކިޔެވުން މިއަހަރުގެ އޮގަސްޓުމަހު ފެށޭނެކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީން ބުނެފި އެވެ.

މާލޭގައި މި ކޮލެޖު ގާއިމުކޮށް ހިންގުމުގެ ހުރިހާ ޒިންމާއެއް ހަވާލުކުރަން ސަރުކާރުން ނިންމާފައި އޮތީވެސް އެމްއެންޔޫ އަށެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މަސްވެރިކަމާ ބެހޭ ކޮލެޖެ ގާއިމުކޮށް ފުރަތަމަ މަރުހަލާގައި ކުރު ކޯސްތަކެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ކޮލެޖު ގާއިމުކުރުމާ އެކު އެމްއެންޔޫގައި މިހާރު ހިންގާ މަސްވެރިކަމާ ގުޅޭ އެކި ކޯސްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހިންގާނީ އެ ކޮލެޖުން ކަމުގައިވެސް ވިދާޅުވި އެވެ.

ޝެހެނާޒް ވިދާޅުވީ މަސްވެރިކަމުގެ އިތުރުން ދަނޑުވެރިކަމުގެ ކޯސްތަކެއް ވެސް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި އަލަށް ފަށާ ކޯސްތައް އެކްރެޑިޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

މަސްވެރިކަމުގެ ކޮލެޖެއްގެ އިތުރުން، މަސްވެރިކަންކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން 1 ފަޅުވެރިޔަކު "ރެސްކިއު ޑައިވަރ" ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި ހާއްސަ ތަމްރީނު ޕްރޮގްރާމެއްވެސް ސަރުކާރުން ދަނީ ކުރިއަށްގެންދަވަމުންނެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު