ޚަބަރު
ހޯރަފުށި އައިސް ޕްލާންޓުން އައިސް ނުލިބޭތާ އެތައް ދުވަހެއް: މަސްވެރި ޔޫނިއަނުން
ހއ. ހޯރަފުށި އައިސް ޕްލާންޓުން އައިސް ނުލިބޭތާ އެތައް ދުވަހެއް ފާއިތުވެފައިވާ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޔޫނިއަންގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ދުވަސްވަރު ގިނަ އަދަދެއްގެ ދޯނިތަކުން ދަނީ އުތުރުގައި ކަންނެލީގެ މަސްވެރިކަން ކުރަމުން ކަމަށެވެ. ނަމަވެސް އެ ދޯނިތަކަށް އައިސް ލިބޭނެ ގޮތެއް ނެތް ކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

"ހއ. ހޯރަފުށި އައިސް ޕްލާންޓުން އައިސް ނުލިބޭތާ އެތައް ދުވަހެއް ފާއިތުވެއްޖެ، އަދި އެ އަތޮޅު އިހަވަންދޫގައި ހުންނަ އައިސް ޕްލާންޓުން ވެސް އައިސް ލިބޭނެ ކަމުގެ އުއްމީދެއް ނެތް" ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ޓެގްކޮށް އެ ޕޯސްޓުގައި އިތުރަށް ބުނެފައި ވެއެވެ.

މަސް ދޯނިފަހަރަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، 11 ރަށެއްގައި އަލަށް އައިސް ޕްލާންޓު ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓަރީން ވަނީ ބުނެފަ އެވެ.  

އައިސް ނުލިބިގެން މަސްވެރިން ޝަކުވާ ކޮށްފައިވާއިރު، ރާއްޖެއިން މަސް އެކްސްޕޯޓުކުރާ އަދަދު ރެކޯޑު މިންވަރަކަށް ވަނީ ދަށްވެފަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު