ޚަބަރު
ހޯރަފުށީ ހޮސްޕިޓަލާއި ގުޅޭ އަޕްޑޭޓް އޮޅުން ފިލުއްވައިފި
ހއ.ހޯރަފުށީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތްގެ އަވަސް ކުރުމާއި ގުޅޭ ގޮތުން ހެލްތް މިނިސްޓަރާއިއެކު ބައްދަލުވުމެއް ބާއްވާ ހޯރަފުށީ ހޮސްޕިޓަލާއި ގުޅޭ އަޕްޑޭޓް އޮޅުން ފިލުއްވައިފި އެވެ.

މި ބައްދަލުވުމުގައި އިސްކޮށް ހުންނެވީ ނިމުނު މަޖިލިސް އިންތިހާބުގައި ހޯރަފުށި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަލީ މޫސާ އެވެ.

ބައްދަލުވުމަށްފަހު، އަލީ ވިދާޅުވީ މިނިސްޓަރ އޮފް ހެލްތް ޑރ. އަބްދު ﷲ ހަލީލް އާއި މިއަދު ބައްދަލުކޮށް، މަޑުޖެހިފައިވާ ހޯރަފުށީ ހޮސްޕިޓަލުގެ މަސައްކަތްތައް އަވަސްކުރުމާގުޅޭ ގޮތުން މަސްވަރާކުރެވުނު ކަމަށެވެ.

އަލީ އިތުރަށް ވިދާޅުވީ ތުރާކުނު ހެލްތް ސެންޓަރުގެ އީ.އާރު ހިދުމަތްފެށުމާގުޅޭ ގޮތުންނާއި، އުލިގަމު ހެލްތް ސެންޓަރުގެ އާ އިމާރާތުގެ މަސައްކަތްތައް ފެށުމާގުޅޭ ގޮތުން މިނިސްޓަރުއާއި މުހިއްމު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

ޒަމާނީ ވަސީލަތްތަކާއި ހިދުމަތްތަކާއެކު، ހޯރަފުށީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވަނި 30 އެނދުގެ ހޮސްޕިޓަލަކީ އަތޮޅުތަކުގެ 34 ރަށެއްގެ ސިއްހީ މަރުކަޒާއި ހޮސްޕިޓަލްތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ހެލްތް މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައިވަނީ، ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސްއިން ޖޮއިންޓް ވެންޗަރ ވިތު ފްލެކްސިން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

85.7 މިލިއަން ރުފިޔާއަށް، 1 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައިި ނިންމާގޮތަށް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ ހޮސްޕިޓަލްގެ އިމާރާތް އެޅުމުގެ މަސައްކަތެވެ. 

މި މަސައްކަތް އެ ކުންފުންޏާއި 19 އޮގަސްޓް 2023 ގައި ހަވާލުކުރެވުނު ނަމަވެސް މަސައްކަތުގެ އަމަލީ މަސައްކަތް ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ މަސައްކަތުގެ ދުވެލި މުޅިންހެން މަޑުޖެހިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު